Last Updated: July 26, 09:34
Sunday, July 26, 2026
ޚަބަރު

ޕްލޭ ސްޓޭޝަނެއް ވަގަށް ނެގި މީހަކު ޖަލަށް

ޕްލޭސްޓޭޝަން 2 އެއް ވަގަށް ނެގި މީހަކު 3 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

ޕްލޭސްޓޭޝަން 2 އެއް ވަގަށް ނެގި ކަމުގެ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ހދ.ކުޅުދުއްފުށި، ބީޗްސައިޑް، ފަޒީލް އަލީ ވަހީދެވެ.

ކްރިމިނަލް ކޯޓުން އޯގަސްޓް މަހުގެ 29 ވަނަ ދުވަހު ކުރި ހުކުމްގައި ބުނެފައިވަނީ، ކުޅުދުއްފުށީ އުތުރު ބަނދަރުގައި އޮތް "ބަހާދަރު" ބޯޓުން، ފަޒީލް އަލީ ޕްލޭސްޓޭޝަން 2 ވަގަށް ނެގިކަން ހެކިންގެ ހެކިބަހުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

ފަޒީލް އަލީ ޕްލޭސްޓޭޝަން ވަގަށް ނަގާފައި ވަނީ، 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.