Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

13 ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި

ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅުއްވި ވަކީލުން - ފޮޓޯ: ފަޔާޒު މޫސާ (ސަން)

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މި މަހު ސަސްޕެންޑް ކުރި 54 ވަކީލުންގެ ތެރެއިން 13 ބޭފުޅެއްގެ ސަސްޕެންޝަން އުވާލައިފި އެވެ.

އެގޮތުން މިއަދު ޑީޖޭއޭ އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ޝަރުޢީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށް ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅި 54 ވަކީލުންގެ ތެރެއިން 13 ވަކީލެއްގެ މައްސަލަ ބެލުމަށްފަހު، އެ ވަކީލުންނަށް ކޯޓްތަކުގައި ވަކާލާތު ކުރުން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އެ ވަކީލުންނަކީ:

1. އަބްދުﷲ އަހުމަދު
2. އަބްދުއްސަލާމް އާރިފް
3. އަލީ ނަދީމް
4. އަބްދުލްމާނިއު ހުސައިން
5. އަބްދުﷲ ނަސީރު މުހައްމަދު
6. އަހުމަދު ޝާން
7. މުހައްމަދު ޝާހިދު
8. މުހައްމަދު ފައްވާޒު
9. އަނޫސާ މޫސާ
10. ޚަދީޖާ ނައީމް
11. ޒިމްނާ އަބްދުލް މުހުސިން
12. އިބްރާހިމް ޝިޔާމް
13. މާޖިދާ މަޖުދީ

މިހާރު އެ މައްސަލައާއި ގުޅިގެން ސަސްޕެންޝަން ގައި ބާކީ ތިބީ 41 ވަކީލުންނެވެ.

ސަސްޕެންޑް ކުރި ޤާނޫނީ ވަކީލުންގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެއެވެ. އޭގެތެރޭގައި ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުޢޫދު، މަހްފޫޒް ސައީދު، މޫސާ ސިރާޖު، ރައްޔިތުންގެ މަޖިލީހުގެ މެންބަރު މާރިޔާ އަހްމަދު ދީދީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒް ފަހްމީ، ނާޒިމް އަބްދުއްސައްތާރު އަދި އަނަސް އަބްދުއްސައްތާރު ވެސް ހިމެނެއެވެ.

އާދިއްތަ ދުވަހުގެ ރޭ ވެސް އިތުރު 35 ވަކީލަކު ވަނީ ސަސްޕެންޑް ކުރި ވަކީލުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށައަޅާފަ އެވެ.