އައްޑޫ ހިތަދޫ ބޮޑު މަގުގައި ބަނގުރާ ބޮމުން ސައިކަލެއް ދުއްވި މީހަކު ހަތަރު ހާސް ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ބަނގުރާ ބޮމުން ސައިކަލް ދުއްވި ކަމުގެ ކުށް ސާބިތުވެ ޖޫރިމަނާ ކޮށްފައި ވަނީ ސ.ހިތަދޫ ސ.ހިތަދޫ/ނޫފަރު. މުހައްމަދު އަމީނެވެ. އޭނާ ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުއެވެ.
އެ ހުކުމްގައި ބުނެފައިވާ ގޮތުން 2014 ވަަނަ އަހަރުގެ ނޮވެމްބަރ 21 ވަނަ ދުވަހު ހިތަދޫ، "މަލްޓީ މާރޓް" ފިހާރަ ކައިރިން އެޅެދީދީ މަގުން (ބޮޑު މަގު) އުތުރުން ދެކުނަށް ދުއްވާފައި ދިޔައިރު މީނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުންނަށް ޝައކުކުރެވިގެން ފަލަކު ފިހާރަ ކައިރިން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތު އޭނާގެ ވާތުން އެއްލާލި ފުޅީގައި ހުރި އިރު ތަކެތި ބަނގުރަލަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މުހައްމަދު އަމީންގެ މައްޗަށް ދައުލަތުން އުފުލި ބަނގުރާ ގެންގުޅުމުގެ ދައުވާ އަށް އޭނާ ވަނީ ޝަރީޢަތުގެ މަޖިލީހުގައި އިއުތިރާފްވެފައެވެ. ހުކުމްގައި ބުނެފައިވާ ގޮތުން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހެއެވެ.