އިތުރު ކުދިން އެޑޮޕްޓް ކުރުމަށް ދުވަހަކުވެސް ނޫނެކޭ ނުބުނާނެ ކަމަށް ޕޮޕް ލަވަކިޔުންތެރިޔާ މެޑޯނާ ބުނެފި އެވެ.
މެޑޯނާ ބުނާގޮތުގައި މަންމައަކަށް ވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އުމުރުން 59 އަހަރުގެ މެޑޯނާގެ ޖުމްލަ ހަ ކުދިން ތިބޭއިރު، އޭގެ ތެރެއިން ހަތަރު ކުދިންނަކީ އޭނާ އެޑޮޕްޓް ކުރި ކުދިންނެވެ.
މެޑޯނާގެ އުމުރުން އެންމެ ފަސް އަހަރުގައި އޭނާގެ މަންމަ ނިޔާވި އެވެ. މެޑޯނާ ބުނާ ގޮތުގައި ކުޑައިރު އޭނާއަށް މަންމަގެ ލޯބި ނުލިބުނު ކަމަށާއި، އެހެންކަމުން ކުދިން އެޑޮޕްޓް ކުރުމަކީ އެކުދިންނަށް މަންމައެއްގެ ލޯބި ދެވޭނެ ކަމެއް ކަމަށެވެ. އަދި އެއީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް މެޑޯނާ ބުނެއެވެ.