Last Updated: May 8, 06:04
Wednesday, May 8, 2024
ރިޕޯޓް

އިންޓަނެޓް ބޭންކިން އަށް ރަޖިސްޓްރީކޮށްފިންތަ؟

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކްގެ އިންޓަނެޓު ބޭންކިން އަށް އާންމުން ހޭލުންތެރިކުރުމަށް ފަށާފައިވާ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ ކެމްޕެއިންގެ ތެރެއިން އަންނަ ބުރާސްފަތި ދުވަހު މެންދުރު ފަހު 2 އިން ފެށިގެން ހަވީރު 6 ޖަހަންދެން ހިތަދޫ ބްރާންޗުން އިންޓަނެޓް ބޭންކިންއަށް ރަޖިސްޓަރ ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ނިންމައިފިއެވެ.

ބޭންކުގެ އޮފިޝަލަކު ބުނީ އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވީ ނަމަވެސް އެދުވަހު ބްރާންޗު ހުޅުވައި ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިންގެ މައުލޫމާތާއި ހިދްމަތަށް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެކަމަށެވެ

"ގެޓް އޮންލައިން"ގެ ނަމުގައި މި މަހު ބޭންކުން ފަށާފައިވާ ހާއްސަ ޕްރޮމޯޝަންގައި ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ބޭންކުން ދަނީ މިހިދްމަތަށް ރަޖިސްޓްރީ ކުރެވޭނެ ގޮތް ފަސޭހަ ކަމާއި އެކު ހަމަޖައްސައިދެމުންނެވެ.

ބޭންކުން މިމަހު ކުރީކޮޅު އައްޑޫގައި މިހިދްމަތަށް މީހުން އަހުލުވެރިކުރުމަށް ކެމްޕެއިން ފަށާފައިވާ މާލެ އާއި އަތޮޅޫ ތެރޭގެ އެކި ރަށަތަކަށް ދަތުރުކޮށް ދަނީ މިހިދްމަތަށް އެދެވޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ.

އިންޓަނެޓް ބޭންކިން އަށް ރަޖިސްޓްރީ ވުމަށް އައިޑީ ކާޑު ގެނައުމުން ހިދްމަތަށް ސަބްސްކްރައިބް ކޮށްދީ އިންޓަނެޓް ބޭންކިން ސާވިސް އާއި ގުޅޭ ގިނަ މައުލޫމާތު ކަސްޓަމަރުންނަށް މިހާރު ދަނީ ކިޔައިދެމުންނެވެ.

އިންޓަނެޓް ބޭންކިންއަށް ރަޖިސްޓްރީވުމަށް މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި ރަޖިސްޓްރީވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހެޅިފައެވެ.

ބީއެމްއެލް އިން ދަނީ އިންޓަނެޓު ބޭންކިން ހިދުމަތް ފުޅާ ކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ބީއެމްއެލް އިން ވަނީ އިންޓަނެޓް ބޭންކިން ޕްލެޓްފޯމް އިތުރަށް ތަރައްގީކޮށް، އާ ކަންތައްތަކެއް ތައާރަފްކޮށްފަ އެވެ. އަދި މޯބައިލް އެޕް ތައާރަފްކޮށް އެ އެޕްމެދުވެރިކޮށް ފައިސާ ފޮނުވުމުގެ ހިދުމަތް ވެސް ބޭންކުން ވަނީ ތައާރަފްކޮށްފަ އެވެ.