ގާނޫނީ ވަކީލުންގެ ކަންބޮޑުވުންތައް ދަނެގަނެ މަޝްވަރާ ކުރުމަށް ލޯ އޭޝިޔާގެ ވަފުދެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. 54 ގާނޫނީ ވަކީލުން އެއްފަހަރާ ސަސްޕެންޑު ކުރުމުން ބައިނަލްއަގުވާމީ އިދާރާތަކުގެ ލޯ ވަނީ ރާއްޖެއަށް އަމާޒުވެ، ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސުޕްރީމް ކޯޓުން 54 ވަކީލަކު ސަސްޕެންޑު ކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ޖަމާއަތް ހަދައިގެން ފަނޑިޔާރުން މުސްތަގިއްލުކަން ނަގާލުމަށް މަސައްކަތްކޮށް، އެއްވުމުގެ ސަބަބުންނެވެ.
އޭގެ ތެރެއިން 13 ވަކީލެއްގެ ހުއްދަ މިހާރު ވަނީ އަލުން ދީފައެވެ. 54 ވަކީލުން ސަސްޕެންޑު ކުރުމުން އިތުރު 35 ވަކީލުންވެސް ވަނީ ސަސްޕެންޑު ކުރި ވަކީލުންގެ ހައްގުގައި ބަސްބުނެފައެވެ.