އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އެ ޕާޓީގެ ސެކްރެޓޭރިއޭޓުން ހުޅުވާލައިފި އެވެ.
މި މަހުގެ 29 ވަނަ ދުވަހު އިންތިޚާބް ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް ކުރިމަތިލުމުގެ އެންމެ ފަހު މުއްދަތަކީ މި މަހު 18 ވާ ހޯމަ ދުވަހުގެ 15:00 ކަމަށް އިންތިޚާބާ ބެހޭ ކޮމެޓީގެ މުޤައްރިރު އިބްރާހިމް ވަހީދު ވިދާޅުވި އެވެ.
ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަޙްމަދު އަކްރަމް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ޒުވާނުންގެ ހިތްވަރުގެ ފޯކަލް ޕޮއިންޓެއް އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފޯކަލް ޕޮއިންޓްގެ ބޭނުމަކީ ޒުވާނުންގެ ހިތްވަރުން ރާވާއި ހިންގާ ކަންތަކަކަށް އެ ފަރާތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމާއި، އެއްބާރުލުން ދިނުން ކަމަށެވެ.
މީގެ އިތުރުން 14 ދާއިރާގެ އެކިއކި މަޤާމްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ވެސް ސެކްރެޓޭރިއޭޓުން ވަނީ އިޢުލާންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެކި ދާއިރާތަކުގެ ނައިބު ރައީސްކަމާއި، ސެކްރެޓަރީކަމުގެ މަޤާމްތަކެވެ.