އައްޑޫގައި ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ދެމުން ގެންދާ ފެނުގެ ޚިދުމަތަށް ޗާޖް ކުރަން ފަށާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފި އެވެ.
އެކުންފުނިން މައުލޫމާތު ދޭ ގޮތުގައި އައްޑޫގައި ފެނުގެ ޚިދުމަތް ދޭން ފަށާ އިރު ފެން ޓަނަކަށް 65 ރުފިޔާ ޗާޖް ކުރާނެ ކަމަށެވެ.
މިއީ ވެރިރަށް މާލޭގައި ފެން ޓަނަކަށް ޗާޖް ކުރާ އަގަށް ވުރެ ތިން ގުނަ ބޮޑު އަދަދެކެވެ. މާލޭގައި ފެނުގެ ޚިދުމަތްދޭ އެމްޑަބްލިއުއެސްސީ އިން ފެން ޓަނަކަށް ޗާޖް ކުރަނީ 22ރ. އެވެ.
ފެނަކަ އިން ބުނި ގޮތުގައި މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރީޑިން ނަގަަން ފަށާނެ އެވެ.