Last Updated: July 26, 09:27
Sunday, July 26, 2026
ޚަބަރު

"ނަޝީދު އަޅަން ފެށި ހައުސިން ޔުނިޓެއް ދިއްދުއަކު ނުހުންނާނެ"

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ އަޅަން ފެއްޓި އެއްވެސް ހައުސިން ޔުނިޓެއް ހއ. ދިއްދޫގައި ނުހުންނާނެ ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މުއިއްުޒު ވިދާޅުވި ގޮތުގައި ދިއްދޫގެ ހައުސިން ޔުނިޓްތަކުގެ ބިންގާ އެޅުއްވީ އެބޭފުޅާގެ އަތްޕުޅުން ކަމަށެވެ.

މުއިއްޒުގެ ޓްވީޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެބޭފުޅާ އަށް ފާޑުކިޔާފައެވެ. އޭގެ ތެރެއިން އައްޑޫ މީދޫ ދާއިރާގެ މެންބަރ ރޮޒެއިނާ އާދަމް ވަނީ، މުއިއްޒުގެ އަތްޕުޅުން ބިންގާ އެޅުއްވުމަކީ އެތަންތަން ދަބަރަށް ވާއިރުވެސް ރައްޔިތުންނާއި ހަވާލުނޮކޮށް ހުންނަން ޖެހޭ ސަބަބެއް ތޯ ސުވާލު އުފައްދަވާފައެވެ.

ހުޅުމާލެ އިން ގޯއްޗެއް ބައްލަވައިގަތުމާއި އަދި މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގައި ފްލެޓުު ދޫކުރި ގޮތާއި ގުޅިގެން މުއިއްޒު އަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ ކަން ފާހަގަކޮށްލެއެވެ.