ރާއްޖެ އާއި ވަރަށް ގާތް ގުޅުމެއް އޮންނަ ޗައިނާގެ ސަރުކާރުން ޔޫތު މިނިސްޓްރީ އަށް 22،700 ޑޮލަރު (350،261) ހަދިޔާ ކޮށްފި އެވެ.
އެގޮތުން މިއަދު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޗައިނާ ސަރުކާރުގެ ފަރާތުން ޑޮލަރުގެ ޗެކް ހަވާލުކޮށް ދެއްވީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަން ލިޖޯންގް އެވެ.
އަދި ޔޫތު މިނިސްޓްރީގެ ފަރާތުން އެ ޗެކާއި ހަވާލުވެވަޑައިގަތީ މިނިސްޓަރ އިރުތިޝާމް އާދަމް އެވެ.
ޗެކު ހަވާލުކުރެއްވުމަށް ފަހު މިނިސްޓަރ އިރުތިޝާމް އާއި ސަފީރު ވަނީ އެކި އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.