Last Updated: April 23, 18:00
Tuesday, April 23, 2024
ދުނިޔެ

ތޫފާން މާރިޔާގައި ޑޮމިނިކާ އަށް ބޮޑެތި ގެއްލުންތަކެއް

ކެރޭބިއަންގެ ރަށެއް ކަމަށްވާ ޑޮމިނިކާ އަށް ބާރުގަދަ ތޫފާން މާރިޔާ އަރައި، ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ޑޮމިނިކާގެ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ.

ކެޓަގަރީ 5 ގެ ބާރުމިނުގައި އެރަށަށް އެރި ތޫފާން މާރިޔާގެ ބާރުމިން ވަނީ މިހާރު ކެޓަގަރީ 5 އަށް ތިރިވެފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ތޫފާން މާރިޔާގެ ސަބަބުން ޑޮމިނިކާގެ ބޮޑުވަޒީރުގެ ގޭގެ ފުރާޅުވެސް ވަނީ އެއްލާލާފައެވެ. މި ތޫފާން ވެސް ދަތުރު ކުރަމުން ދަނީ ތޫފާން އާރމާ ދަތުރުކުރި މަގުންނެވެ.

ތޫފާން މާރިޔާ އަކީ ފާއިތުވި 85 އަހަރު ތެރޭގައި ޑޮމިނިކާ އަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމަށް ރިޕޯޓްތައް ބުނެއެވެ. ކަމާއިބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި މި ތޫފާންގައި ގަޑިއަކު 120 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ކުރިއަށް އޮގް ގަޑިތަކުގައި ތޫފާން އިތުރަށް ބާރުގަދަވެ، ވާޖިން އައިލޭންޑްސް އަށް އަރާނެ ކަމަށްވެސް ލަފާ ކުރެވެއެވެ.

މި ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ވެސް ކެރީބިއަންގެ ރަށްތަކަށް ތޫފާނެއް ވަނީ އަރާފައެވެ. ތޫފާން އާރމާގެ ސަބަބުން 37 މީހުން މަރުވެ، ގިނަ ރަށްތަކެއް ވަނީ މުޅިން އެއްކޮށް ސުންނާފަތިވެފަ އެވެ.

ތޫފަން މާރިޔާ އަކީ މި މަހުގެ ތެރޭގައި ކެރީބިއަންގެ ރަށްތަކާ އަރާ ބާރުގަދަ ދެވަނަ ތޫފާނެވެ.