އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު މަޝްހޫރު ޑިފެންޑަރު ރިއޯ ފާޑިނެންޑް ބޮކްސިން ތަޅަން ނިންމައިފިއެވެ.
އިނގިރޭސި ވިލާތުގައި މަޝްހޫރު ކުޅިވަރެއް ކަމަށްވާ ބޮކްސިންއާ ދިމާލަށް ފާޑިނެންޑު މިސްރާބު ޖަހާފައިވާކަން އިއުލާން ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ބެޓް ފެއާއިން އޭނާއަށް ސްޕޮންސާ ދީފައިވާއިރު ފާޑިނެންޑު ބުނެފައިވަނީ އޭނާ ޔުނައިޓެޑުގައި އުފުލާފައިވަނީ ތަށި ކަމަށާއި މިހާރު އަމާޒުކުރަނީ ބެލްޓު އުފުލާލަން ކަމަށެވެ.
It's happening… Can’t wait to get started with the team @betfair have put together, @richiewoodhall and @meldeane 🥊 #DefenderToContender pic.twitter.com/s6AmLRo7DN
— Rio Ferdinand (@rioferdy5) September 19, 2017
އުމުރުން 38 އަހަރުގެ ރިއޯ އޭނާގެ ފުޓުބޯޅަ ކެރިއަރު ނިިންމާލާފައިވަނީ 2015 ވަނަ އަހަރުގައެވެ. އޭގެ ފަހުން ރިއޯ މަސައްކަތް ކޮށްފައިވަނީ ފުޓުބޯޅަ ޕުންޑިޓެއްގެ މަގާމުގައި ބީޓީ ސްޕޯޓްސް ޗެނެލްގައެވެ.