ހަނގުރާމައަކަށް ގޮސްފި ނަމަ އެމެރިކާއަށް އުތުރު ކޮރެއާ މުޅިން ސުންނާފަތި ކޮށްލެވިދާނެ ކަމަށާއި އެގާބިލިއްޔަތު އެމެރިކާގައި އެބަހުރި ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އ.ދ ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ޓްރަމްޕް އުތުރު ކޮރެއާއަށް އިންޒާރު ދީފައި މިވަނީ މިހާތަނަށް ދުނިޔޭގައި ޓެސްޓުކުރި އެންމެ ވަރުގަދަ ބޮން އުތުރު ކޮރެއާއިން ޓެސްޓު ކުރިތާ ހަފްތާތަކެއް ފަހުންނެވެ.
ޓްރަމްޕް ބުނެފައިވަނީ އެމެރިކާ ދިފާއުކުރަން ޖެހިއްޖެނަމަ އުތުރު ކޮރެއާ ސުންނާފަތިކޮށް ބިމާ ހަމަކޮށްލުން ނޫން އިތުރު ގޮތެއް އަސްކަރިއްޔާއަކަށް ނޯންނާނެ ކަމަށެވެ.
އަދި އެކަން ކުރުމަށް އެމެރިކާ ތައްޔާރު ކަމަށާއި އެހެންނަމަވެސް އުއްމީދު ކުރަނީ އެކަން ކުރަން ނުޖެހޭނެ ކަމަށެވެ. އަދި އ.ދ އޮންނަނީ އެކަމަށް ކަމަށް ޓްރަމްޕް އިތުރުކޮށްފައިވެއެވެ.