Last Updated: July 26, 09:27
Sunday, July 26, 2026
ޚަބަރު

ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި

އައްޑޫ ސިޓީ، ފޭދޫގައި މިރޭ ހިންގި މާރާމާރީ އެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ފޭދޫ އާއި މަރަދޫފޭދޫ ގުޅޭ ކޯޒްވޭ މަތިންނެވެ.

މާރާމާރީގައި ޒަޚަމްވި ޒުވާނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

ހޮސްޕިޓަލުގެ އޮފިޝަލަކު ބުނި ގޮތުގައި މާރާމާރީއެއްގައި ކަތުރަކުން ހަމަލާދީ ޒަޚަމްކޮށްލި މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާ އަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައި ނުވާ ކަމަށެވެ.

މިރޭގެ މި މާރާމާރީ އާއި ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.