ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ، އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި މިޝްރާ ވަނީ ކައުންސިލަށް ދިމާވަފައިވާ ގޮންޖެހުންތައް އޮޅުން ފިލުއްވާފައެވެ.
ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި އިންޑިޔާ ސަފީރާއި އެކު ބޭއްވި ބައްދަލުވުމުގައި އައްޑޫ ސިޓީގެ އުމްރާނީ ތަރައްޤީއާއި އިޤްތިސާދު ކުރިއަރުވުމަށް ދެޤައުމު ގުޅިގެން މަސައްކަތް ކުރެވެން ހުރި ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ.
އިންޑިއާގެ ސަފީރުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އައްޑޫ ސިޓީގެ ކުރިއެރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އައްޑޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާ ސަފީރު ވަނީ އައްޑޫގެ ބައެއް ވިޔަފާރިވެރިންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ވެސް ބައްދަލުކުރައްވަވާފައެވެ.

މީގެ އިތުރުން އައްޑޫ ހައި ސްކޫލަށާއި ހުޅުމީދޫ އަށް ޒިޔާރަތްކޮށް، ކޯގަންނު ގަބުރުސްތާނާ ބެހޭ މައުލޫމާތު ވެސް ސަފީރު ވަނީ ހޯއްދަވައިފަ އެވެ.