Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ލެސްޓާ އަތުން ބަލިވެ ލިވަޕޫލް ލީގް ކަޕުން ކަޓައިފި

އިނގިރޭސި ފުޓުބޯޅަ ކަޕްގެ ތިންވަނަ ބުރުގެ މެޗުތައް ރޭ ކުޅުނުއިރު ލިވަޕޫލް އަދި ލެސްޓާ ބައްދަލުކުރި މެޗު 0-2 އިން ލެސްޓާ މޮޅުވެ ލިވަޕޫލް ކަޓުވާލައިފިއެވެ.

މިބައްޔާއެކު ލިވަޕޫލަށް ވަނީ އެންމެ ފަހަކަށް ކުޅުނު ހަތަރު މެޗުންވެސް މޮޅެއް ނުލިބިފައެވެ. މެޗުގެ ފުރަތަމަ ހާފު ލިވަޕޫލްއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާއިރު ގޯލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ.

ލެސްޓާގެ ދެ ގޯލުވެސް ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވާއިރު ފުރަތަމަ ލަނޑު ޖަހާފައިވަނީ އޮކަޒަކީއެވެ. ދެވަނަ ލަނޑު އޭރިޔާ ބޭރުން ޖަހާފައިވަނީ އިސްލާމް ސްލިމާނީއެވެ.

މި ބައްޔާއެކު ލިވަޕޫލް ވަނީ އަނެއްކާވެސް ލީގު ކަޕުގެ ފައިނަލާއި ހަމައަށް ނުގޮސް ކަޓާފައެވެ. މިދިޔަ ސީޒަނުގައި ސެމީއިން ލިވަޕޫލް ކަޓާފައިވާއިރު ކްލޮޕްގެ ފުރަތަމަ ސީޒަނުގެ ފައިނަލުގައި ސިޓީއާ ބައްދަލުކޮށް ލިވަޕޫލް ވަނީ ކަޓާފައެވެ.