Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ސަޓާ އެވޯޑްގެ މަޝްވަރާތައް އީކްއޭޓާ ވިލެޖްގައި ކުރިއަށް ގެންގޮސްފި

މި އަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް(ސަޓާ އެވޯޑްސް) އީކުއޭޓާ ވިލެޖުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ހަފްލާއަށް ތައްޔާރުވުމަށް ކަމާ ބެހޭ ފަރާތްތަކާއި އެކަމާ ގުޅޭ ގޮތުން އިއްޔެ މަޝްވަރާކޮށްފިއެވެ.

އަންނަ މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސަޓާ އެވޯޑްސް އިންތިޒާމު ކުރަނީ ހައިރައިޒް އިންނެވެ. ހައިރައިޒްއިން މައުލޫމާތު ދީފައިވާ ގޮތުގައި މިހަފްލާ ފުރިހަމަކޮށް ކުރިއަށް ގެންދިއުމަށްޓަކައި ފުލުހުންނާއި ސިފައިން، ހައުސިން މިނިސްޓްރީ، ފެނަކަ، ސިޓީ ކައުންސިލް އަދި އެމްޕީއެލް އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ބޭފުޅުންނާއި ބައްދަލުކޮށްފައިވާ ކަމަށެވެ.

މިއިވެންޓު ބޭއްވުމަށްފަހު އީކުއޭޓާ ވިލެޖަކީ މިފަދަ އިވެންޓު ބޭއްވުމަށް ނަމޫނާ ތަނެއް ކަމުގައި ދައްކައި ދިނުމަކީ އަމާޒެއް ކަމަށް ހައިރައިޒުން ބުނެފައިވެއެވެ.

އޮކްޓޫބަރު 27 ގައި ސަޓާ އެވޯޑްސް އީކުއޭޓާ ވިލެޖުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މިއީ ފަހުގެ ތާރީޚެއްގައި އީކުއޭޓާ ވިލެޖުގައި މިފަދަ ބޮޑު ހަފްލާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.