ސްޕެނިޝް ލީގުގައި ބާސެލޯނާ އަދި އެއިބާރ ބައްދަލުކުރި މެޗު 1-6 އިން ބާސާ ކާމިޔާބުކޮށްފައިވާއިރު މެސީ މިމެޗުގައިވެސް ހެޓްރިކް ހަދާފިއެވެ.
ކާމިޔާބު ސީޒަނެއް މެސީއާއި ބާސާ ފަށާފައިވާއިރު މެސީ ވަނީ ރޭގެ މެޗުގެ ހަތަރުގޯލާއެކުމިހާތަނަށް ލީގުގައި 9 ލަނޑު ޖަހާފައެވެ. ރޭގެ މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނަގާފައިވަނީ ޕެނަލްޓީއަކުން މެސީއެވެ.
ޑެނިސް ސުއަރޭޒާއި ޕޯލީނިއޯ ސްކޯޝީޓުގައި ހިމެނިފައިވާއިރު މެޗުގެ ފަހު ތިން ގޯލުވެސް ޖަހާފައިވަނީ މެސީއެވެ. އެއިބާރުގެ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ 57 ވަނަ މިނެޓުގައި އެންރިކްގެ ފަރާތުންނެވެ.
ރޭގެ މެޗުގައި މެސީގެ ފަހު ތިން ލަނޑު ފެނިގެން ގޮސްފައިވަނީ 59 ވަނަ މިނެޓާއި 62 ވަނަ މިނެޓު އަދި 87 ވަނަ މިނެޓުގައެވެ.