Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

މެކްސިކޯ އަށް ބާރުގަދަ ބިންހެލުމެއް

މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީއަށް 7.1 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ޚަބަރު ލިބޭ ގޮތުގައި މި ބިންހެލުމުގައި އިމާރާތްތަކުގައި ދަށުވެ މިހާތަނަށް 145 މީހުން ވަނީ މަރުވެފައެވެ. ބިންހެލުމުގައި ސްކޫލެއްވެސް ވަނީ ކުދިން ކިޔަވަން ތިއްބާ ވެއްޓިފައެވެ. މިހާދިސާގައި 20 ކުދިން މަރުވެ، 30 ކުދިން ގެއްލިފައިވާ ކަމަށް ޚަބަރު ލިބިފައިވެއެވެ.

މެކްސިކޯ ސިޓީއަށް ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ނަމަވެސް ކައިރި ސްޓޭޓުތަކަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އުތުރު އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވެއެވެ.

މެކްސިކޯ ސިޓީގެ %40 އަށް ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާއިރު މޮރެލަސް ސްޓޭޓުގެ %60 އަށް ކަރަންޓު ނުލިބެއެވެ. އެގައުމުގެ ރައީސް ޕެނިއާ ނީޓޯ ވަނީ ހުރިހާ ރައްޔިތުންވެސް އިމާރާތްތަކުގެ ދަށުވި މީހުން ހޯދުމުގައި ކަމާ ބެހޭ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ.