Last Updated: April 20, 13:23
Saturday, April 20, 2024
ޚަބަރު

"ރައީސް ޔާމީންގެ ހިންގުންތެރިކަން ފެނިފައި އަންތަރީސްވެއްޖެ"

ރައީސް އަބްދުﷲ ޔާމީންގެ ހިންގުންތެރިކަން ފެނިފައި އަންތަރީސްވެއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށް ތާއީދު އިތުރު ކުރުމުގެ ގޮތުން ރ. މީދޫގައި ބޭއްވި ޕީޕީއެމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މީގެ ކުރިން ރައީސް ޔާމީނަކީ "ފިނިފެންމަލެއް" ކަމަށް ސިފަކުރައްވާފައިވާ މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ހިތްޕުޅުގައި އޮންނަ އިހްސާންތެރިކަން ފެނިފައި އުފާ ކުރައްވާ ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ތާރީހު ނުދެކޭ ވަރުގެ ވެރިއެއް ކަމަށާއި އެ މަނިކުފާނު ދެ ވަނަ ދައުރަކަށް އިންތިހާބު ކުރުމަކީ ރައްޔިތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އަދި މީގެ އިތުރުން ރައީސް ޔާމީނަކީ، ދިވެހި ތާރީހު ނުދެކޭ ވަރުގެ ފިސާރި ލީޑަރެއް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްއާ އެންމެ އަރިހުގައި މަސައްކަތް ކުރައްވާ މިނިސްޓަރ ސައީދު އަކީ ރައީސް ޔާމީނަށް އެންމެ ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާ މިނިސްޓަރެވެ.