Last Updated: June 29, 13:19
Monday, June 29, 2026
ދުނިޔެ

22 ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހެޑްމާސްޓަރަކު 55 އަހަރަށް ޖަލަށް

އިންޑިއާގެ މަދޫރާއި އަވަށުގައި ހުންނަ ސަރުކާރުގެ ސްކޫލެއްގެ ހެޑްމާސްޓަރަކު، 22 އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ކުށުގައި 55 އަހަރު ދުވަހަށް ޖަލަށް ލައިފިއެވެ.

އެގޮތުން ކޯޓުން ވަނީ އިތުރު 91 ފިރިހެން ކުދިންނަށް ވެސް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ އެސް އަރޮކިއަސާމީ 3.4 ލައްކައިން ޖޫރިމަނާ ކޮށްފައެވެ. އެ ފައިސާ އޭނާގެ ޖިންސީ ޝިކާރައަށްވި 22 އަންހެން ކުދިންގެ މެދުގައި ހަމަހަމައަށް ބަހާލެވޭނެ އެވެ.

އެ މައްސަލައިގެ ޝަރީޢަތް އަންގާރަ ދުވަހު ބޭއްވިއިރު، އިންޑިއާގެ ޕީނަލް ކޯޑްގެ އެކިއެކި މާއްދާތަކުގެ ދަށުން އަރޮކިއަސާމީ ގެ މައްޗަށް ތުހުމަތުތައް ސާބިތުވާ ކަމަށް ކޯޓްގައި އިންނެވި ޤާޒީ ވަނީ ކަނޑައަޅުއްވާ ޙުކުމް ކުރައްވާ ފައެވެ. އެހެންނަމަވެސް އެކުދިންނަށް ޖިންސީ ގޯނާ ކުރުމުގައި ހެޑްމާސްޓަރަށް އެހީތެރިވެދިން ތިން ޓީޗަރުންގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ނިންމައި، ކޯޓުން ވަނީ އެ ތިން މީހުން ދޫކޮށްލާފަ އެވެ.

ޕަބްލިކް ޕްރޮސެކިއުޓާ އެއް ކަމަށްވާ ޕީ ޕަރިމަލާދޭވީ ވިދާޅުވި ގޮތުގައި ކުށްވެރިއަކު 50 އަށްވުރެ ގިނަ އަހަރަށް ޖަލަށްލައި އޭނާގެ ޝިކާރައަކަށްވި ކުދިންނަށް ޖޫރިމަނާ ދައްކަން ޙުކުމް ކުރުމަކީ އިންޑިއާގައި ފުރަތަމަ ފަހަރަށް ކުރެވުނު ކަމެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ސަމާލުކަމަށް ގެނެސްފައި ވަނީ ހެޑްމާސްޓަރުގެ ޝިކާރައަކަށްވި އެއް އަންހެން ކުއްޖެއްގެ މަންމަ އެވެ. އެއަށްފަހު ފުލުހުން ވަނީ އެ މައްސަލަ ތަހުޤީގުކޮށް، ހެޑްމާސްޓަރު ހައްޔަރު ކޮށްފައެވެ. އެހެންނަމަވެސް، މައްސަލަ ނިމިގެން ދިޔަ ގޮތް ބަލަން ޕަންޖޫ މިހާރު ދުނިޔޭގައި ނެތެވެ.