Last Updated: April 26, 06:56
Friday, April 26, 2024
މުނިފޫހިފިލުވުން

"ޓޫމްބް ރައިޑާ" ގެ ޓްރެއިލާ ދައްކާލައިފި

އަންނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ޓޫމްބް ރައިޑާ" ގެ ފުރަތަމަ ޕޯސްޓަރު ވޯނާ ބްރޯސް އާއި އެމްޖީއެމް އިން ދައްކާލައިފި އެވެ.

އެ ފިލްމްގައި އާކިއޮލިޖިސްޓެއް ކަމަށްވާ ލާރާ ކްރޮފްޓްގެ ރޯލުން ފެނިގެންދާނީ އެލީސިއާ ވިކޭންޑަރ އެވެ. އެހެންނަމަވެސް މީގެ 15 އަހަރަށްވުރެ ކުރިން އެންޖެލީނާ ޖޯލީ ވަނީ އޭނާގެ ފިލްމް "ލާރާ ކްރޮފްޓް: ޓޫމްބް ރައިޑާ" ގައި ލާރާ ކްރޮފްޓްގެ ރޯލް ކުޅެފައެވެ.

އާ "ޓޫމްބް ރައިޑާ" އިން ކްރޮފްޓް ފެނިގެންދާނީ ލަންޑަންގައި ދިރިއުޅޭ 21 އަހަރުގެ އާދައިގެ ކުއްޖެއްގެ ގޮތުގައެވެ.

އޭނާގެ ބައްޕަގެ ކުއްލި މަރާއި ގުޅިގެން ލިބުނު ސިހުމެއްގެ ބޮޑުކަމުން ކްރޮފްޓް މަސައްކަތް ކުރާނީ އޭނާގެ ބައްޕަ (ޑޮމިނިކް ވެސްޓް) ހޯދުމަށެވެ. ފިލްމްގެ މައި ވިލަންގެ ރޯލުން ފެނިގެންދާނީ ވޮލްޓަން ގޮގިންސް އެވެ.

މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 16 މާޗު 2018 ގައެވެ.