Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ސިމެންތި ކޮތަޅުތަކެއް ވަގަށް ނެގުމުން ބޮޑު ޖޫރިމަނާއެއް

އިމާރާތެއްގެ ތެރޭގައި ބަހައްޓާފައި ހުރި 23 ކޮތަޅު ސިމެންތި ވަގަށް ނެގި މީހަކު 21،600 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މާލޭގެ ގެއަކުން ސިމެންތި ވަގަށް ނަގައިގެން ޖޫރިމަނާ ކުރުމަށް ހުކުމް ކުރީ ހދ. ކުޅުދުއްފުށީ. ޗާނދަނީގެ، މުހައްމަދު ފާރިހެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތުގައި ފާރިހު ވަނީ ދައުވާ އަށް އިއުތިރާފްވެފައެވެ.

ސެޕްޓެމްބަރ 13 ވަނަ ދުވަހު ފާރިހުގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވާ ގޮތުން ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރިވެނިއު އޮތޯރިޓީއަށް ދައްކަން ޖެހެއެވެ.