Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ބޭހަށް އިންޑިއާ އަށް ދިޔަ ހިތަދޫ މީހަކު ގެއްލިގެން ހޯދަނީ

އިންޑިޔާއަށް ބޭސް ފަރުވާ ކުރުމަށްދިޔަ ހިތަދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ރޭ އިރާކޮޅު ޓްރިވެންޑްރަމުން ގެއްލިފައި ވަނީ ހިތަދޫ ގޯޔާވިލާ، އަބްދުﷲ މަނިކުފާން، 87، އެވެ.

އިންޑިއާގައި ހުންނަ ދިވެހި ކޮންސުލޭޓުން ބުނީ ދިވެހި ފިރިހެނަކު ގެއްލިގެން އޭނާގެ އާއިލާއިން ކޮންސުލޭޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި ޓްރެވިންޑްރަމް ފުލުހުންނާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އައްޑޫ ލައިވަށް އެނގިފައިވާ ގޮތުގައި އަބްދުﷲ މަނިކުފާން ބޭރަށް ގޮސްފައި ވަނީ އޭނާގެ އަންހެނުންނާއި އަދި ދަރިއަކާއި އާއިލާގެ އެހެން ބަޔަކާ އެކުގަ އެވެ.

އެ މީހުން ތިބީ އާއްމުކޮށް ދިވެހިން ގޮސް ތިބޭ މެޑިކަލް ކޮލެޖް ސަރަހައްދުގައި ހުންނަ "އަޝިޝް" ހޮޓެލްގަ އެވެ.