ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ސަސްޕެންޝަނުގައި ހުރުމަށްފަހު ކުޅުނު ފުރަތަމަ ލީގު މެޗުން ރެއާލް އަމިއްލަ ދަނޑުގައި ބަލިވެއްޖެ އެވެ.
ރެއާލް ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗު ބެޓިސް ކާމިޔާބުކޮށްފައިވަނީ ފަހު ވަގުތު ޖެހި ލަނޑާއެކު 1-0 އިންނެވެ. މުޅި މެޗުގައި ރެއާލް މެޑްރިޑުން 27 ހަމަލާ ގޯލަށް ފޮނުވާފައިވާއިރު ގޯލާ އަމާޒުވެފައިވަނީ އެންމެ 7 ހަމަލާއެވެ.
މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ 4 ވަނަ މިނެޓުގެ ކުޅުން ކުރިއަށް ދަނިކޮށް ބެޓިސް އިން ލަނޑު ޖަހައި މޮޅުވެފައިވަނީ ސަންބްރިއާ ގެ ގޯލަކުންނެވެ.
މިއީ ރެއަލް ބެޓިސްއަށް 19 އަހަރުގެ ތެރޭގައި ރެއަލް މެޑްރިޑް ބަލިކުރެވުނު ފުރަތަމަ ފަހަރެވެ.