Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ޒާހިލްގެ ހާލު ސީރިއަސްވެ އުއްމީދު ކަނޑާލައިފި

ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ ހ.ދ ނެއްލައިދޫ އަށް އުފަން އިބްރާހިމް ޒާހިލް ބަލަމުން އަންނަ ޑޮކްޓަރުން ޒާހިލްގެ ސިކުނޑި މަރުވެފައިވާ ކަމަށްބުނެ އުއްމީދު ކަނޑާލައިފިއެވެ.

އާއިލާއާ ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޒާހިލްގެ ހާލު ސީރިއަސް ކަމުން ރާއްޖެވެސް ގެންދެވޭކަށް ނެތެވެ. ޑޮކްޓަރުން މީގެ ހަފްތާތަކެއް ކުރިން ރާއްޖެ ގެންދިއުމަށް ލަފާ އެރުވި ނަމަވެސް އާއިލާއިން ޒާހިލް ހައިދަރުއާބާދަށް ގެންދަން ގަސްދުކުރިއެވެ.

ނަމަވެސް މިހާރު ޑޮކްޓަރުން ވަނީ ޒާހިލްއަށް އެއްވެސް ތަނަކަށް ދެވޭ ވަރަށްވުރެ ހާލު ދެރަވެފައިވާ ކަމަށް އަންގާފައެވެ. އެއްވެސް ހަރަކާތެއްވެސް ނުކުރާ ކަމަށާއި ޑޮކްޓަރުން ބެއްލެވުމަށްފަހު ސިކުނޑި މަރުވެފައިވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

ޒާހިލްގެ މުޅި އުމުރުގައި ގޮތް ނޭނގޭ ބައްޔެއްގެ ޝިކާރާގައި ހޭދަ ކޮށްފައިވާއިރު ދިވެހިންގެ އެތައް ބަޔަކު ވަނީ ޒާހިލްގެ ބޭސްފަރުވާއަށް އެހީތެރިވެދީފައެވެ. ފަރުވާގެ ކުރީކޮޅު ރަނގަޅުވުމުގެ ނިޝާންތައް ފެނުނު ނަމަވެސް އާއިލާއިން ބުނެފައިވަނީ އަނެއްކާވެސް ޒާހިލްގެ ހާލު ވަނީ ދެރަވެ ހޮޅިން ކާންދޭން މަޖުބޫރުވެފައެވެ.