Last Updated: June 29, 13:19
Monday, June 29, 2026
ކުޅިވަރު

ޑިއެގޯ ކޯސްޓާ އެތުލެޓިކޯ އަށް ބަދަލު ކުރަނީ

ސްޓްރައިކާ ޑިއޭގޯ ކޯސްޓާ އެނބުރި އެތްލެޓިކޯ މެޑްރިޑް އަށް ބަދަލު ކުރުމަށް ހުށައެޅި ޝަރުތުތަކަށް ޗެލްސީ އިން އެއްބަސްވެއްޖެ އެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހު ކޯސްޓާ އެތްލެޓިކޯ މެޑްރިޑް އަށް ބަދަލުކުރެވޭނެއިރު، އެ އެއްބަސްވުމަށް އިތުރު ބަދަލުތަކެއް އައުން އެކަށީގެންވެ އެވެ.

2014 ވަނަ އަހަރު ޗެލްސީ އަށް ވަނުމަށްޓަކައި ކްލަބް ދޫކޮށްލި އުމުރުން 28 އަހަރުގެ ކޯސްޓާގެ މެޑިކަލް ކުރިއަށް އޮތް ދުވަސްތަކުގައި ހައްދާނެ ކަމަށް އެތްލެޓީކޯ އިން ބުނެއެވެ.

ސްޕެއިންގެ ބައިނަލްއަޤްވާމީ ކުޅުންތެރިއެއް ކަމަށްވާ ކޯސްޓާ މި ފުޓްބޯޅަ ސީޒަންގައި ނުކުޅެއެވެ. އޭނާ އޮގަސްޓް މަހުގެ ގިނަ ދުވަސްތައް ހޭދަކުރީ އޭނާގެ ޤައުމް ކަމަށްވާ ބްރެޒިލް ގައެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ފީފާ އިން ވަނީ ކުރިއަށް އޮތް ދެ ޓްރާންސްފާ ވިންޑޯގައި އިތުރު ކުޅުންތެރިން ރެއާލް މެޑްރިޑް އާއި އެތްލެޓިކޯ މެޑްރިޑް އަށް ސޮއިކުރުން މަނާކޮށްފަ އެވެ. ފީފާ އިން ކުރި އެ ޙުކުމް ނިމުމަކަށް އަންނާނީ އަންނަ ޖެނުއަރީ މަހުގައެވެ. އެހެންކަމުން ޖެނުއަރީ 2018 ގެ ކުރިން ކޯސްޓަ އަށް އެ ކްލަބަށް ސޮއި ނުކުރެވޭނެ އެވެ.

އަންނަ ބުރާސްފަތި ދުވަހު ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗުގައި އެތްލެޓިކޯ މެޑްރިޑް އާއި ޗެލްސީ ބައްދަލު ކުރާނެ އެވެ.

މީގެ ތިން އަހަރު ކުރިން އެތްލެޓިކޯ ދޫކޮށްލުމަށްފަހު ކޯސްޓާ ޗެލްސީ އާއި ގުޅުނީ 32 މިލިއަން ޕައުންޑްގެ އެއްބަސްވުމަކާއި އެކީއެވެ.

އެގޮތުން ޗެލްސީ އާއިއެކު ކުޅުނު މެޗްތަކުގައި އޭނާ ވަނީ ޖުމްލަ 58 ގޯލް އެ ޓީމަށް ކާމިޔާބުކޮށްދީފަ އެވެ.