Last Updated: July 27, 10:03
Monday, July 27, 2026
ޚަބަރު

ކުޑަ ކުއްޖަކު ލައްވައި ގަދަކަމުން ހަށި ވިއްކިކަމުގެ ދައުވާކޮށްފި

އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ލައްވައި ގަދަކަމުން ހަށި ވިއްކި ކަމުގެ ދައުވާ ސ. ހުޅުދޫ ދެ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިއަދު އުފުލައިފި އެވެ.

އެ ދައުވާކޮށްފައި ވަނީ ހުޅުދޫ ހޭޅި އިބްރާހިމް މަނިކާއި އެ ރަށު ހިކިއުނިމާގޭ ހުސައިން މަނިކުގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ކުރާ ދައުވާގައި ބުނަނީ 14 އަހަރުގެ އަންހެން ކުއްޖަކަށް މަޖުބޫރުކޮށްގެން ބިދޭސީ ހަތަރު ފިރިހެނަކާއި ދިވެއްސެއްގެ ގާތަށް ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ފަށައިފަ އެވެ. ކްރިމިނަލް ކޯޓުން ބުނީ ދައުވާ އިއްވުމުން އެ ދެ މީހުން ވެސް އެ ދައުވާ އަށް އިންކާރުކޮށްފައިވާ ކަމަށެވެ.