Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

މައްސަލަ ހައްލުކޮށް މާލޭގެ އެކި ސަރަހައްދުތަކަށް ކަރަންޓް ދީފި

ސްޓެލްކޯގެ އިންޖީނުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މިއަދު ހަވީރު 5 އިން މިރޭ 7 ޖަހަންދެން މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނު މައްސަލަ ހައްލުކޮށް އެ ސަރަހައްދުތަކަށް އަލުން ކަރަންޓް ދީފިއެވެ.

ސްޓެލްކޯގެ ރަސްމީ ޓްވިޓާއިން ބުނީ މައްސަލަ ހައްލުކޮށް ކަރަންޓް ކެނޑުނު ހުރިހާ ސަރަހައްދަކަށްވެސް މިހާރު ކަރަންޓް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ނަމަވެސް ކަރަންޓް ކެނޑެން ދިމާވި ސަބަބެއް ސްޓެލްކޯއިން ހާމަކޮށްފައި ނުވެއެވެ. މާލޭއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ އާއްމުވެފައިވާއިރު އެމައްސަލަ ދެނެގަތުމަށް ސްޓެލްކޯއިން ދަނީ ބޭރުގެ ފަރާތެއްގެ އެހީ ހޯދަމުންނެވެ.