Last Updated: July 26, 09:27
Sunday, July 26, 2026
ޚަބަރު

ރެހެންދި ފްލެޓްގެ އެޕާޓްމަންޓެއް ފުލުހުން ފާސްކުރަން ފަށައިފި

މިނިވަން50 އަށް ރެހެންދި ފްލެޓް ބޮކިފަތިން ޒީނަތްތެރި ކޮށްފައި. ފޮޓޯ: ސޯޝަލް މީޑިޔާ

ރެހެންދި ފްލެޓްގެ އެޕާޓްމަންޓަކަށް ފުލުހުން ވަދެ އެތަން ފާސްކުރަން ފަށައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ފާސްކުރަމުން ގެންދަނީ، ރެހެންދި ފްލެޓްގައި ހުންނަ ސަރުކާރުގެ އިސްވެރިއެއްގެ އެޕާޓްމަންޓެކެވެ.

ރެހެންދި ފްލެޓްގެ އެޕާޓްމަންޓެއް ފާސްކުރަމުން ގެންދާކަން ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ރެހެންދި ފްލެޓްތަކުގެ އެޕާޓްމެންޓެއް ބަލާ ފާސް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ބެހޭ އިތުރު ތަފްސީލެއް މީޑިޔާ އޮފިޝަލް ނުދެއްވައެވެ.