Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ތަޖަކިސްތާނުން ރާއްޖެ ކޮޅަށް ލަނޑު ގޯންޏެއް އަޅާލައިފި

އޭއެފްސީ އަންޑަ-16 ކޮލިފައިންގައި ރާއްޖެއާއި ތަޖަކިސްތާނު ބައްދަލުކުރި މެޗު ބޮޑުތަފާތަކުން ތަޖަކިސްތާނު ކާމިޔާބުކޮށްފިއެވެ.

ރާއްޖެ ކޮޅަށް ތަޖަކިސްތާނު 16 އަހަރުން ދަށުގެ ޓީމު 14 ލަނޑު ޖަހާފައިވާއިރު ރާއްޖެ ޓީމަށް އެންމެ ލަނޑެއްވެސް ޖެހިފައެއް ނުވެއެވެ. ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ރާއްޖެ ބައްދަލުކުރީ އޮމާންއާ ދެކޮޅަށެވެ.

މިމެޗުން ރާއްޖެ ބަލިވެފައިވަނީ 0-8 ގެ ބޮޑު ތަފާތަކުންނެވެ. ކޮލިފައިންގެ ފަހު މެޗުގައި ރާއްޖެ ބައްދަލުކުރާނީ ސީރިއާއާ ދެކޮޅަށެވެ. 2015 ވަނަ އަހަރުވެސް ރާއްޖެ ވަނީ މިމުބާރާތުގެ ކޮލިފައިންގައި ކުޅުނު ތިން މެޗުންވެސް ބަލިވެފައެވެ.

މުބާރާތުގައި ތަޖަކިސްތާނު ބަލިވެފައިވަނީ ހަމައެކަނި އިރާގަށެވެ. ރާއްޖެއާ ކުޅުމުގެ ކުރިން ތުރުކުމިނިސްތާނާއި ޤަތަރު އަދި ސީރިއާވެސް ތަޖަކިސްތާނު ވަނީ ބަލިކޮށްފައެވެ. އޭގެ ކުރިން ކުޅުނު އިރާގު މެޗުން ތަޖަކިސްތާނު ވަނީ 1-3 އިން ބަލިވެފައެވެ.