Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ވަޒީފާތައް ހަމަޖައްސާނީ މެޑަމް ކަމަށް ރައީސް ވިދާޅުވި: މުސްތަފާ

މަޖިލީހުގެ އެތައް މެމްބަރުންގެ ހާޒިރުގައި ރާއްޖޭގެ ވަޒީފާތައްމީގެ ފަހުން ހަމަޖައްސާނީ މެޑަމް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވެފައިވަނީ އިއްޔެ ކުރެއްވި ޓުވީޓެއްގައެވެ. މިސަރުކާރުގެ ކުރީކޮޅު ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވި މުސްތަފާ ވަނީ ސަރުކާރުގެ ސިޔާސަތުތައް ކަމުނުގޮސްގެން، ފާޅުގައި އެވާހަކަ ދައްކަން ފައްޓަވާފައެވެ.

ނަތީޖާއެއްގެ ގޮތުން މުސްތަފާ ވަނީ އޭރު ޕީޕީއެމްގެ ވައިބާ ގްރޫޕުން ބޭރު ކުރެވިފައެވެ. އޭގެ ފަހުން މުސްތަފާގެ ފާޑުކިޔުންތައް ޕީޕީއެމަށާއި ރައީސް ޔާމީނަށް ވަނީ ތަކުރާރުކޮށް އަމާޒުވެފައެވެ.

ރައީސް ޔާމީނަށް ކުރެއްވި ތާއީދު ރައީސް މައުމޫން ގެންދަވައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުން މުސްތަފާވެސް ވަނީ މައުމޫން ފަޅިއަށް ޖެހިވަޑައިގެންފައެވެ.

މުސްތަފާގެ މިތުހުމަތުތަކަށް ރައީސް އޮފީހުން އަދި މެޑަމް ފާތުންގެ އޮފީހުންވެސް އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.