Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ޓްރަމްޕާއި ކިމް އުޅެނީ ކުޑަކުދިން އުޅޭ ގޮތަށް: ރަޝިޔާ

ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް--

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އުޅެނީ ޕްރީ ސްކޫލުގައި ކުޑަކުދިން އުޅޭ ގޮތަށް ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް ސިފަކޮށްފިއެވެ.

ލަވްރޮވް ބުނެފައިވަނީ ކިންޑަގާޓެން ކުދިންނަށްވުރެ ދެ ލީޑަރުން ގޯސް ކަމަށާއި ދެމީހުން މައިތިރިކުރަން ޖެހޭ ކަމަށެވެ. އެމެރިކާ-ކޮރެއާ ދެބަސްވުމަށް ރަޝިޔާއިން ވަދެފައިވަނީ ދާދި ފަހުން ޓްރަމްޕާއި ކިމްއާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުވުމާއި ގުޅިގެންނެވެ.

އ.ދ ގެ ޖެނެރަލް އެސެމްބްލީގައި ޓްރަމްޕް ބުނެފައިވަނީ އެމެރިކާ ދިފާއު ކުރަން ޖެހިއްޖެނަމަ އުތުރު ކޮރެއާ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާނެ ކަމަށެވެ. ޖަވާބުގައި ކިމް ބުނެފައިވަނީ ޓްރަމްޕަށް ރައްދު ދޭނީ މިސައިލަކުން ކަމަށެވެ.

ޓްރަމްޕް ދެން ބަހުގެ ހަމަލާ ފޮނުވީ ޓުވީޓާ މެދުވެރިކޮށެވެ. ކިމް އަކީ ބޯގޯސް މީހެއް ކަމަށާއި އޭނާ ރަނގަޅަށް ޓެސްޓު ކުރެވޭނެ ކަމަށް ޓްރަމްޕްގެ އަމިއްލަ ޓުވިޓާ އެކައުންޓުން ޓުވީޓުކޮށްފައިވެއެވެ.

ޖަވާބުގައި ކިމް ޖޮންގް އުން ބުނެފައިވަނީ ޓްރަމްޕަކީ ސިކުނޑީގައި އުނިކަމެއް ހުންނަ މީހެއް ކަމަށެވެ. ދެގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ހޫނުވެ ރަޝިޔާއަށް ވަނީ ޒުވާބުގަނޑުގެ ތެރެއަށް ވަންނަން ޖެހިފައެވެ.