Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ދެކުނު އޭޝިޔާގައި މެލޭރިއާ ފެތުރެން ފަށައިފި

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެލޭރިއާ ހުޅަނގު ދެކުނު އޭޝިޔާގެ ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މެލޭރިއާގެވެސް ނުރައްކާތެރި ވައްތަރެއް ކަމަށްވާ "ސުޕަ މެލޭރިއާ" ހަލުވި ކަމާއެކު ތައިލެންޑް، ކެމްބޯޑިއާ ލައޮސް އަދި ވިއެޓްނާމުގެ ބައެއް ސަރަހައްދުތަކުގައި ދަނީ ފެތުރެމުންނެވެ.

ސައިންސްވެރިން މިބަލީގެ ނުރައްކާ އާދައިގެ މެލޭރިއާއަށްވުރެ ބޮޑު ކަމަށް ބުނެފައިވާއިރު މިއީ މުޅު ދުނިޔެއަށްވެސް އޮތް ނުރައްކަލެއް ކަމަށް ލަފާކުރެވެއެވެ.

އާދައިގެ މެލޭރިއާ ފަސޭހަކުރުމަށް ދެވޭ ބޭހުން މިބަލި ފަސޭހަ ނުކުރެވޭއިރު ބައްޔަކީ ހަލުވި ކަމާއެކު ފެތުރި، ކުޑަކުދިންނަށް ވަރަށް ނުރައްކާތެރި ބައްޔެކެވެ.

ކޮންމެ އަހަރަކު 212 މިލިއަން މީހުން މެލޭރިއާ އަށް ޕޮސްޓިވްވާއިރު ބަލީގެ ޝިކާރައިގައި މަރުވާ ކުޑަކުދިންގެ އަދަދު ނިސްބަތުން ބޮޑެވެ. ސައިންސްވެރިން އަންނަނީ މިހާރު ހުޅަނގު ދެކުނު އޭޝިޔާގައި ބަލި ފެތުރެމުންދާ ނަމަވެސް މުޅި އޭޝިޔާއަށް ބަލި ފެތުރުމުގެ ބިރު ބޮޑުކަމަށް ބުނަމުންނެވެ.