އިކޮނޮމިކް މިނިސްޓްރީން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޙާއްސަކޮށްގެން ބާއްވާ "ރީޖަނަލް އެސްއެމްއީ ފައިނޭންސް ފޯރަމް"، ފަށައިގެން ކުރިއަށް އެބަދެ އެވެ.
މި ފޯރަމް ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤެވެ.
މިއަދު ހަވީރުގެ ނިޔަލަށް ގަމުގެ އީކުއޭޓަ ވިލެޖުގައި ކުރިއަށް ގެންދާ ފޯރަމަކީ، ވިޔަފާރީގެ އުކުޅުތަކާއި ދެމެހެއްޓެނިވި ވިޔަފާރިއެއް ހިންގާނެ ގޮތުގެ މަޢުލޫމާތު ހިއްސާކޮށް ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ މަޤްސަދުގައި ބާއްވާ
މި ފޯރަމަކީ އަލަށް ވިޔަފާރި ފަށަން ޝައުޤުވެރިވާ ފަރާތްތަކަށާއި ވިޔަފާރިއެއް ފަށަން ޝައުޤު ހުރި ނަމަވެސް މާލީ ދަތިކަމުގެ ސަބަބުން ނުފެށި ތިބި ފަރާތްތަކަށާއި މިހާރު ވެސް ކުދި ވިޔަފާރިތައް ހިންގަމުންދާ ފަރާތަތްތަކަށް ބޭނުން ހިފޭނެ މުހިއްމު މައުލޫމާތު ތަކެއް ލިބިގެންދާނެއެވެ.
ވިޔަފާރީގައި ތަޖުރިބާ ހުރި ފައިނޭޝަން އިންސްޓިއުޝަންތައް ކަމުގައިވާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބައިވެރިވެއެވެ.
ވިޔަފާރި ކުރުމަށް ޝައުޤު ހުރި ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ފޯރަމުގައި އައްޑޫގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ.