Last Updated: March 28, 13:45
Thursday, March 28, 2024
ޚަބަރު

ސީރިޔާ އަށް ދާން އުޅުނު ބަޔަކު އަތުލައިގެންފި

އިސްލާމިކް ސްޓޭޓުގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމެވެރި ޖަމާއަތާއި ބައިވެރިވުމަށް ސީރިޔާއަށް ދާން އުޅުނު ތިން ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެތިން މީހުން ހައްޔަރުކޮށްފައިވަނީ ތުރުކީ މަގުން ސީރިޔާއަށް އެތެރެވާން އުޅެނިކޮށް ތުރުކީ ސިފައިންނާއެކު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

އަދި ހައްޔަރުކުރި ތިން މީހުންވެސް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. ދާދި ފަހުންވެސް އައްޑޫ މީހަކު ސީރިޔާއަށް ފިލައިގެން ގޮސްފައިވެއެވެ. ތުރުކީގައި ތިން މީހަކު ހިފަހައްޓާފައިވާއިރު މެލޭޝިޔާއިންވެސް ވަނީ ދެ ދިވެއްސަކު ހަނގުރާމައަށް ދާން އުޅެނިކޮށް އަތުލައި، ރާއްޖެ ފޮނުވާފައެވެ.