Last Updated: April 26, 06:56
Friday, April 26, 2024
މުނިފޫހިފިލުވުން

ކައިލީ ޖެނާ އިނީ ބަލިވެ

ކާޑޭޝިއަން-ޖެނާ އާއިލާގެ އެންމެ ހަނގު މީހާ ކަމަށްވާ ކައިލީ ޖެނަރ ބަނޑުބޮޑުވެއްޖެ އެވެ.

ސީއެންއެން އިން ރިޕޯޓް ކުރާ ގޮތުގައި އުމުރުން 20 އަހަރުގެ ކައިލީ ބަނޑުބޮޑު ކަމަށާއި އޭނާ ވިހާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށް އެ އާއިލާގެ ވަރަށް ގާތް ފަރާތްތަކުން ވަނީ ބުނެފައެވެ.

ކައިލީ ޖެނަރގެ މިހާރުގެ ލޯބިވެރިޔާ އަކީ ޓްރެވިސް ސްކޮޓް އެވެ. ޓްރެވިސް އާއި ކައިލީ ލޯބީގެ ގޮތުން ގުޅިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ކައިލީގެ ދައްތަ ކިމް ކާޑޭޝިއަންގެ ދެ ކުދިން ތިބޭއިރު، ކޯޓްނީ ކާޑޭޝިއަންގެ ވެސް ތިން ކުދިން ތިބެއެވެ. އަދި ކައިލީގެ ބޭބެ ރޮބް ގެ އަންހެން ދަރިއަކު ހުރެއެވެ. މީގެ އިތުރުން ކައިލީގެ ކުރީގެ ލޯބިވެރިޔާ ޓައިގާގެ ފިރިހެން ދަރިފުޅާއި އެކުވެސް ކައިލީ ވަނީ ގިނަ ވަގުތުތަކެއް އެއިރު ހޭދަކޮށްފަ އެވެ.

ކައިލީ މިހާރު މަސައްކަތް ކުރަމުންދަނީ އޭނާގެ އަމިއްލަ ރިއަލިޓީ ޝޯ ކަމަށްވާ "ލައިފް އޮފް ކައިލީ" ގައެވެ.

ކައިލީ ބަނޑުބޮޑުވި ޚަބަރު ހުކުރު ދުވަހު މީޑިއާގައި ވަނީ ވަރަށް ހަލުވިކަމާއި އެކީ ފެތުރިފައެވެ.