ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރޭގައި ހުރި ޓިޝޫ ފޮއްޓެއްގައި ރޭ ފަތިހުގެ ވަގުތެއްގައި ރޯވެއްޖެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މިފަހަރު ރޯވެފައި ވަނީ މަޖިލީހުގެ އިދާރާގެ ފުރަތަމަ ބުރީގައި ހަދާފައިވާ ވުޟޫކުރާ ތަނުގައި ހުރި ޓިޝޫ ފޮއްޓަކާއި ޑަސްބިނެއްގައެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގ އިދާރާގެ ތެރޭގައި ހުރި ޓިޝޫ ފޮއްޓެއްގައި ރޯވި 2 ވަނަ ފަހަރެވެ. ފާއިތުވި ޖުލައި މަހުގެ 31 ވަނަ ދުވަހު ވެސް މަޖިލީހުގެ ފާޚާނާގެ ތެރޭގައި ހުރި ޓިޝޫ ފޮއްޓެއްގައި ވަނީ އަލިފާން ރޯވެފައެވެ. އެ ހާދިސާ އާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވެއެވެ.
މަޖިލީހުގެ އިދާރާގައި އަލިފާނުގެ ހާދިސާއެއް ހިނގި އިރު މަޖިލީހުގެ މެންބަރުން މިހާރު ތިއްބެވީ 1 މަސް ދުވަހުގެ ޗުއްޓީއެއްގައެވެ. މަޖިލީހުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހުއެވެ.