މިދިޔަ އަހަރުގެ މާޗް މަހު އަނިޔާވެރި ގޮތަކަށް މަރާލައި ހިތަދޫ އަލައޮޅެއްގެ ތެރެއަށް އެއްލާލައިފައި އޮއްވައި ފެނުނު ހިތަދޫގެ ވިޔަފާރިވެރިޔާ އަލީ އަބްދުﷲ މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލިބޭ 2 މީހެއްގެ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު 1 ޖަހާއިރަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.
މިއަދު ބާއްވަން ތާވަލު ކުރި ޝަރީޢަތުގެ އަޑުއެހުމަކީ، ސ.ހިތަދޫ އަތަމާވިލާ މަޢޫޒު މުޙައްމަދު އާއި ސ.ހިތަދޫ އައްޒާ މުބާރިކް މުޙައްމަދުގެ މައްޗަށް ކުރާ ދައުލަތުން ކުރާ "އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެކެވެ.
އަލީ އަބްދުﷲ މަރާލި މައްސަލަ އާއި ގުޅިގެން 4 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ.
އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ، ސ.ހިތަދޫ އަތަމާވިލާ، މައޫޒު މުހައްމަދާއި އެ ރަށު އައްޒާ، މުބާރިކު މުހައްމަދާއި ނަޝީދީގޭ، މުހައްމަދު ޝިފާޒެވެ.
އަލީ އަބްދުﷲ މަރާލި މައްސަލާގައި އޭނާއަށް ބޮޑުބޭބެ ކިޔާ، ހިތަދޫ ހެޕީ ފިއުޗާ އަހުމަދު އިބްރާހީމްދީދީގެ މައްޗަށް ދައުވާ ކުރެއެވެ.
އޭނާގެ މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ރ) ގެ ދަށުން އެނގި ހުރެ ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާއެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ވަނީ ސިއްރުކޮށްފައިވާއިރު މިހާތަނަށް ބާއްވާފައި ވަނީ އެންމެ އަޑުއެހުމެއްކަން ފާހަގަކޮށްލެވެއެވެ.