Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ރޭގެ މާރާމާރީއާ ގުޅިގެން ތިން މީހަކު ހައްޔަރު

މާލޭގައި މީގެކުރިން ހިނގި ހިންގިމާރާމާރީގައި ބޭނުންކުރި ވަޅި، ފޮޓޯ: އަވަސް

ރޭ މާލޭގައި ހިނގި މާރާމާރީއެއްގައި ޒުވާނަކު މަރާލައި އިތުރު ޒުވާނަކަށް ހަމަލާދިން މައްސަލާގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މިމީހުން ހައްޔަރުކުރި ކަން ކަށަވަރުކޮށްދީފައި ވިނަމަވެސް އެއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. މާފަންނު ކެފޭއެއްގެ ކުރިމަތިން ސައިކަލުތަކަކުން އައި ބަޔަކު ވަނީ ވަޅިން ދެމީހަކަށް ހަމަލާ ދީފައެވެ.

އޭގެ ތެރެއިން ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަޙްމަދު ވަނީ ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވެފައެވެ. ހަމަލާދިން ދެވަނަ މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި އަދިވެސް އިމަޖެންސީގައި ފަރުވާދެމުން އެބަދެއެވެ.

ފުލުހުން ރޭ މައުލޫމާތު ދީފައިވާ ގޮތުގައި އެމީހާއަށްވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.