Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ޕީޖީން ހާޒިރު ނުވުމުން އަލީގެ މަރުގެ ޝަރީޢަތް ކެންސަލް

އަނިޔާވެރި ގޮތަކަށް މަރާލައި ހިތަދޫ އަލަ އޮޅެއްގެ ތެރެއަށް އެއްލާ ލާފައި އޮތްވައި ފެނުނު ހިތަދޫގެ ވިޔަފާރިވެރިޔާ އަލީ އަބްދުﷲ މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލިބޭ 2 މީހުންގެ މައްޗަށް ކުރާ ދައުވާގައި މިއަދަށް ތާވަލް ކުރި ޝަރީޢަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު 1 ޖަހާއިރަށް ތާވަލް ކުރި އަޑުއެހުން ކެންސަލްކޮށްފައި ވަނީ ޕީޖީ އޮފީހުގެ ވަކީލުން ކްރިމިނަލް ކޯޓަށް ހާޒިރު ނުވުމުންނެވެ.

ޕީޖީ އޮފީހުގެ ވަކީލުން ކްރިމިނަލް ކޯޓަށް ހާޒިރުވެފައި ނުވަނީ ކީއްވެގެން ކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

މިއަދު ބާއްވަން ތާވަލު ކުރި ޝަރީޢަތުގެ އަޑުއެހުމަކީ، ސ.ހިތަދޫ އަތަމާވިލާ މަޢޫޒު މުޙައްމަދު އާއި ސ.ހިތަދޫ އައްޒާ މުބާރިކް މުޙައްމަދުގެ މައްޗަށް ކުރާ ދައުލަތުން ކުރާ "އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެކެވެ.

މީގެ ކުރިން ވެސް އަލީ އަބްދުﷲގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މަޢޫޒު މުޙައްމަދު އާއި މުބާރިކް މުޙައްމަދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް މީގެ ކުރިން ތާވަލް ކުރި 2 ފަހަރަކު ވެސް ކެންސަލް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އަލީ އަބްދުﷲ މަރާލި މައްސަލަ އާއި ގުޅިގެން 4 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ.

އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ، ސ.ހިތަދޫ އަތަމާވިލާ، މައޫޒު މުހައްމަދާއި އެ ރަށު އައްޒާ، މުބާރިކު މުހައްމަދާއި ނަޝީދީގޭ، މުހައްމަދު ޝިފާޒެވެ.

އަލީ އަބްދުﷲ މަރާލި މައްސަލާގައި އޭނާއަށް ބޮޑުބޭބެ ކިޔާ، ހިތަދޫ ހެޕީ ފިއުޗާ އަހުމަދު އިބްރާހީމްދީދީގެ މައްޗަށް ދައުވާ ކުރެއެވެ.

އޭނާގެ މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ރ) ގެ ދަށުން އެނގި ހުރެ ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާއެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ވަނީ ސިއްރުކޮށްފައިވާއިރު މިހާތަނަށް ބާއްވާފައި ވަނީ އެންމެ އަޑުއެހުމެއްކަން ފާހަގަކޮށްލެވެއެވެ.