Last Updated: April 20, 18:15
Saturday, April 20, 2024
ޚަބަރު

މަސީހު 10 ފޫޓް އުސް މޭޒަކަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނަވާ މޭޒުކޮޅު 10 ފޫޓަށް އުސްކުރަން މަސައްކަތް ކުރަމުން އަންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިއްލޫރި ކޮށީގެ ބަދަލުގައި 10 ފޫޓް އުހުގައި މަސީހު އިންނެވޭ ގޮތަށް ބޮޑު ސްޓޭޖެއް ޗެމްބަރ ތަރޭގައި އެމްއެންޑީއެފްއިން ހަދަމުން އަންނަ ކަމަށެވެ.

މަހްލޫފްވަނީ ލަކުޑިން އެއްޗެހިތަކެއް މަޖްލިސްގެ ގޯތި ތަރޭގައި ހަދަން ތިއްބާ ތިއްބާ ނަގާފައިވާ ފޮޓޯއެއް ޓްވީޓް ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 45 މެމްބަރުންގެ ސޮޔާއި އެކު މަސީހުގެ އިތުބާރުނެތްކަމަށް ހުށަހެޅުމާއި ގުޅިގެން އޭގެ ފަހުން މަޖްލިސްގެ ޖަލްސާތައް ބާއްވާފައިވަނީ ގިނަ އަދަދެއްގެ ސިފައިން މަޖްލިސްގެ ރިޔާސަތު ވަށައިގެން ބައިތިއްބައިގެންނެވެ.

މަހްލޫފް ވިދާޅުވީ މަޖްލިސް ތެރޭގައި އުސް މޭޒެއް ހަދަމުންދާތީ އެކަން ބެއްލެވުމަށް މަޖްލިސް އިދާރާއަށް ވަޑައިގަތުމުން ސިފައިން އެތެރެއަށް ނުވެއްދިކަމަށެވެ.

މިކަމާއި ގުޅިގެން އަދި މިހާތަނަށް މަޖްލިސް އިދާރާއިން އެއްވެސް ވާހަކައެއް ދައްކާފައި ނުވެއެވެ.