Last Updated: April 18, 12:20
Thursday, April 18, 2024
ޚަބަރު

ބިލެއްފަހި އިންޖީނުގެ ރޯވި މައްސަލަ ބަލަން ފަށައިފި

އިންޖީނުގޭގައި އަލިފާން ރޯވެ އަނދަނީ--ފޮޓޯ ސޯޝަލް މީޑިއާ

ށ. ބިލެއްފަހީ އިންޖީނުގެ ގޭގައި ރޭ ރޯވެ އަދައި ހުލިވި މައްސަލަ ބަލަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފިއެވެ.

ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބިލެއްފަހީ އިންޖީނުގޭގައި ރޯވި މައްސަލަ މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ފުލުހުން ގުޅިގެން ތަހްގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެރަށައް ކަރަންޓް ފޯރުކޮށްދިނުމަށް ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ރޭ 11:35 ހާއިރު ހިނގި މިހާދިސާގައި ރަށުގެ އިންޖީނުގެ ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. އެހެންވެ ރެއިން ފެށިގެން އެރަށު ރައްޔިތުން ދިރިއުޅެމުން ދަނީ ކަރަންޓް ނެތިއެވެ.

ފެނަކަ ކޯޕަރެޝަނުން ހިންގަމުންދާ ބައެއް އިންޖީނުގެތަކުގައި މިފަދަ ހާދިސާތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ގދ. ފިޔޯރީ އިންޖީނުގެ ގޭގައި އެއްޗެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަނުގެ މުވައްޒަފަކު މަރުވެފައިވާ އިރު ގދ. ތިނަދޫ އިންޖީނުގެވެސް ވަނީ ރޯވެ އަނދާފައެވެ.