Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ގާސިމްގެ ފަރުވާގެ މުއްދަތު ހަމަވުމާ އެކު ރާއްޖެ އަަންނަން އަންގައިފި

ހިތުގެ އާލާސްކަންފުޅަކަށް ސިންގަޕޫރުގައި ފަރުވާ ހޯދަމުން އަންނަ ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ބޭސް ފަރުވާއަށް ކަރެކްޝަނުން ދިން މުއްދަތު ހަމަވުމާއި އެކު ރާއްޖެއަށް އަނބުރާ ވަޑައިގަތުމަށް އެމަނިކުފާނަށް އަންގައިފިއެވެ.

ގާސިމް އެނބުރި ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަނުން އެންގިއިރު އެމަނިކުފާންގެ ހިތުގެ އޮޕަރޭޝަނެއް ދާދި ފަހުން ވަނީކޮށްފައެވެ. އަދި އެ އޮޕަރޭޝަނާއި ގުޅިގެން އިތުރު ދުވަސްތަކަށް ދަތުރު ނުކޮށް އަރާމް ކުރުމަށް ޑޮކްޓަރުން ވަނީ ލަފާ ދެއްވާފައެވެ.

ގާސިމްގެ މައްޗަށް ހުށަހެޅި ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވެ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު އެ ހުކުމާއި އެކު ގާސިމްގެ ބޭސް ފަރުވާގެ ކަންކަން ހަމަޖެއްސުމަށް ދައުލަތުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެހުކުމާއި އެއްގޮތަށް ގާސިމް ބޭސް ފަރުވާއަށް ފޮނުވީ އެތައް ދުވަސްތަކެއް ވަންދެން ލަސް ކުރުމަށްފަހު ކަމަށް އިދިކޮޅު ފަރާތްތަކުން އޭރު ދިޔައީ ބުނަމުންނެވެ.

ގާސިމްގެ ބޭސް ފަރުވާ އާއި ގުޅިގެން ދިން މުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހުއެވެ.