Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

414 ފޮޓޯގްރާފަރަކު ތަމްރީނުކޮށް ސެޓްފިކެޓް ދީފި

ބައިވެރިންނާއެކު ރައީސް ޔާމީނާއި މިނިސްޓަރުން ފޮޓޯއަކަށް ހުއްޓިލައިގެން: ފޮޓޯ - މިހާރު

އިކޮނޮމިކް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ރާއްޖޭގައި ފޮޓޯގްރާފަރުން ތަމްރީނުކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމައި 414 ދިވެހި ފޮޓޯގްރާފަރުންނަށް ސެޓްފިކެޓު ދީފިއެވެ.

ރޭ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި މިހަފްލާގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ދިވެހި ޒުވާނުން ތިބީ އެމީހުނަށް ހައްގު މަގާމު ހޯދައިދޭނެ ވެރިއަކަށް ބަލަބަލާ، ހުޅުވާލި ކޮންމެ ފުރުސަތެއް ބޭނުންކުރުމަށް ތައްޔާރަށް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ ވާހަކަފުޅުގައި ރައީސް ޔާމީން ވެރިކަމާއި ހަވާލުވިފަހުން ޒުވާނުން މުޖުތަމައަށް ބުރަވެފައިތިބޭ ބަޔަކަށްވެފައިވާ ވުން ބަދަލުކޮށްފައިވާ ކަމަށްބުނެ ތައުރީފްގެ ބަސްތައް އެމަނިކުފާނަށް ރައްދުކޮށްފައިވެއެވެ.

ފޮޓޯގްރާފީގެ ދާއިރާއަކީ ނުހަނު ފައިދާހުރި މަސައްކަތެއް ކަމަށާއި މިދާއިރާއަށް ވަނުމަށް ޒުވާނުންނަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވަނީ ހިތްވަރު ދެއްވާފައެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މަހަކު 2000އާއި 3000 ޑޮލަރުގެ މުސާރައެއް ލިބެމުންދާ ކަމަށް ވިދާޅުވެފައިވެއެވެ.

ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު މި ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ދިވެހިންނަށެވެ.