Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ފާރިސްގެ ބަންދާ މެދު ގޮތެއް ނިންމަން ޝަރީޢަތް މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫންގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށްޓަކައި އެބޭފުޅާގެ ޝަރީޢަތް މެދު ކަނޑާލައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ޝަރީޢަތުގެ އަޑުއެހުމުގައި ފާރިސްގެ ވަކީލުން ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކާއި ހަވާލާދީ ފާރިސް ބަންދުން ދޫކޮށްލުމަށް އެދިފައެވެ.

ފާރިސްގެ ވަކީލުންގެ ވާހަކަތަކާއި ގުޅިގެން ޕީޖީގެ ވަކީލުންގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި އެކަަމަށް ރައްދު ދެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފާރިސްގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ޝަރީޢަތް މެދުކަނޑާލީ 20 މިނިޓްގެ ވަގުތު ކޮޅަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޝަރީޢަތް ފަށާނެއެވެ.

ފާރިސް ބަންދުކޮށްފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ގިނަ އަދަދެއްގެ ވަކީލުން ގެންދަނީ ބުނަމުންނެވެ. އެގޮތުން ހައިކޯޓުން މީގެ ކުރިން ނިންމާފައިހުރި މައްސަލަތަކާ ހިލާފަށް އެ ކޯޓަށް އެހެން ނިންމުމެއް ނުނިންމޭނެ ކަމަށް ފާރިސްގެ ވަކީލް މައުމޫން ހަމީދު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ހައި ކޯޓުގެ ނިންމުމެއް ކަމަށް މައުމޫން ހަމީދު ވިދާޅުވެފައި ވަނީ ރިޝްވަތުގެ މައްސަލައެއްގައި ހައްޔަރުކުރި ޖޭޕީގެ މެންބަރެއް ކަމުގައިވާ ޝާފިއުގެމައްސަލައެވެ.

ޝާފިއުގެ ބަންދުގެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ރިޝްވަތުގެ މައްސަލަތަކަކީ ޖިނާއީ ބޮޑު މައްސަލައެއް ނޫން ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި ޖިނާއީ ބޮޑެތި މައްސަލަތަކުގައި މީހަކު ބަންދުގައި ބެހެއްޓޭނީ ގިނަވެގެން 15 ދުވަހު ކަމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ތަފްސީލް އަންނަނީ،…