Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ފާރިސް މިނިވަން ނުކުރެވޭނެ ކަމަށް ކޯޓުން ހުކުމްކޮށްފި

ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުން މިނިވަން ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ ވަނީ ފާރިސް ބަންދުން ދޫކޮށްދިނުމަށް އެދުމުން އެކަން ކޮށްނުދެވޭނެ ކަމަށް ހުކުމް ކޮށްފައެވެ.

އަދި ފާރިސްގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށާއި ކުރިއެކޭވެސް އެއްގޮތަށް ފާރިސް ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު ފާރިސް ދިރިއުޅުއްވި ގެ ފާސްކުރުމަށްފަހު ފުލުހުން ފާރިސް ހައްޔަރުކޮށްފައިވާއިރު ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ފާރިސް ބެހެއްޓުމަށް ހުކުމް ކޮށްފައެވެ.