Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

އެސްއެމްއީ ލޯނަށް އެދޭ މުއްދަތު އިތުރުކޮށްފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓްރީން ދޫކުރަން ނިންމާފައިވާ އެސްއެމްއީ ލޯންތަކަށް ހުށަހެޅުމުގެ މުއްދަތު އަންނަ އޮކްޓޫބަރ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއްލާނެއްގައި ބުނެފައިވަނީ އެސްއެމްއީ ލޯނަށް އެދުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހުގެ 14:00 ކަމަށެވެ.

ކުރިން ލޯނަށް އެދުމުގެ މުއްދަތު ދީފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި އެސްއެމްއީ ލޯން ސްކީމްގެ ދަށުން ފައިނޭންސް ކުރެވޭ އެންމެ މަތީ އަދަދަކީ ވަކިފަރުދަކު ކުރާ ވިޔަފާރިއަކަށް ނަމަ ފަސްލައްކަ ރުފިޔާ އެވެ. ފާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ 1.5 މިލިއަން ރުފިޔާ އެވެ.