Last Updated: June 29, 11:56
Monday, June 29, 2026
މުނިފޫހިފިލުވުން

"ގޯޑްޒިލާ 2" ގެ ފުރަތަމަ ފޮޓޯތައް ދައްކާލައިފި

"ގޯޑްޒިލާ: ކިންގް އޮފް ދަ މޮންސްޓާސް" ގެ ޑައިރެކްޓަރު ކަމަށްވާ މައިކަލް ޑޯރޓީ ގޯޑްޒިލާގެ އެންމެ ފުރަތަމަ ފޮޓޯތައް ދައްކާލައިފި އެވެ.

އެގޮތުން ފިލްމްގެ ޝޫޓިންގެ 69 ވަނަ ދުވަހު ގޯޑްޒިލާގެ ފޮޓޯއެއް އޭނާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް އާންމުންނާއި ހިއްސާކޮށްފަ އެވެ.

މި ފިލްމުން މިލީ ބޮބީ ބްރައުން، ކައިލް ޗޭންޑްލަރ، ވޭރާ ފާރމިގާގެ އިތުރުން އޯޝިއާ ޖެކްސަން ޖޫނިއަރ ވެސް ފެނިގެން ދާނެ އެވެ. މި ފިލްމް ރިލީޡް ކުރުމަށް ހަމަޖެހިފައި ވަނީ 22 މާޗު 2019 ގައެވެ.

ގޯޑްޒިލާ ސީރީސްގެ އެންމެ ފުރަތަމަ ފިލްމް 2014 ވަނަ އަހަރު ނިކުމެފައިވާއިރު، އެ ފިލްމް ޑައިރެކްޓް ކުރީ ގެރެތް އެޑްވާޑްސް އެވެ.

2019 ވަނަ އަހަރު އާންމުންނާއި ހިސާބަށް 'ކިންގް އޮފް ދަ މޮންސްޓާސް' އަންނައިރު، މި ސީރީސްގެ ތިން ވަނަ ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 22 މެއި 2020 ގައެވެ.