އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބްގައި ދިވެހިންނަށް އޮތް ހަމައެކަނި ޗޮއިސް އަކީ ރައީސް ޔާމީން 2018ގެ އިންތިހާބުން ހޮވުން ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ގައ. ކޮލަމާފުށީގައި މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޒަމީރު ވިދާޅުވީ ދިވެހިން ބޭނުމީ ތަރައްޤީ ކަމަށާއި، އެގޮތުން ކޮލަމާފުއްޓަށްވެސް ތަރައްޤީ އަންނަން ފަށާފައިވާ ކަމަށެވެ.
ޒަމީރު ވިދާޅުވީ ގައުމު ތަރައްޤީ ކުރުމަށް ބޭނުންވަނީ މަސައްކަތް ކުރަން ދަންނަ ވެރިއެއް ކަމަށާއި އެހެންވެ ދިވެހިންނަށް އޮތް ހަމައެކަނި ޗޮއިސް އަކީ ރައީސް ޔާމީން ކަމަށެވެ.
ވިލިނގިލީ ދާއިރާގެ ބައި އިލެކްޝަނަށް އިޝާރާތް ކުރައްވައި ޒަމީރު ވިދާޅުވީ އިންތިހާބް ފަސޭހަ ކަމާއި އެކު ކާމިޔާބް ކުރުމަށް މާސްޓަރ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. މީގެ އިތުރުންވެސް ޒަމީރު ވިދާޅުވީ ހުވަދު އަތޮޅުގައި ފަތުރުވެރިކަން ހަރުދަނާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.